ސިކުނޑީގެ ނުކުޅެދުން ތެރިކަން

ސިކުނޑީގެ ނުކުޅެދުންތެރިކަމަކީ ކުއްޖާގެ ޢުމުރާ އެއްވަރަށް ސިކުނޑި ތަރައްޤީވަމުން ނުދިއުމެވެ. މިހެންވެއްޖެނަމަ ކުއްޖާގެ ހެދިބޮޑުވުން ލަސްވާނެއެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އޭގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވާނަމަ އެކުދިން ދެނެގަތުމަށް ވަރަށްފަސޭހަވާނެއެވެ. ނަމަވެސް ކުއްޖާ ކުޑަވެފައި ސިކުނޑިއަށް ގެއްލުން ލިބިފައިވާ މިންވަރު ކުޑަނަމަ މިފަދަކުދިން ދެނެގަތުމަށް އުދަގޫވާނެއެވެ. ބޭރުފުށުން ފެންނަންހުންނަ ބައެއް ސިފަތަކުންނާއި ކުއްޖާ އެކަށީގެންވާވަރަށް ހެދިބޮޑުވަމުންނުދާނަމަ ކުއްޖާގެ ނުކުޅެދުންތެރިކަން ދެނެގަތުމަށް ފަސޭހަވާނެއެވެ. މިފަދަ ކުދިން އަމިއްލަ ކަންތައްތައް ކުރުމަށާއި އެހެނިހެން ބޭނުންތައް ފުއްދުމަށް އެހެންމީހުންގެ އެހީތެރިކަން ބޭނުންވެއެވެ. މެދުވެރިވާން ދިމާވާ ސަބަބު: - ދަރިމައިވުމުގެ ޢުމުރު އެކަށީގެންނުވުން. - ދުވަސްނުފުރާ ވިހެއުން. - ވާރުތަވުން. - މާބަނޑުދުވަސްވަރު މަދުން މިނަރަލްސް ލިބުން. - ޑޮކްޓަރުގެ އިރުޝާދާނުލާ ބޭސްބޭނުން ކުރުން. - ވިހެއުމުގެ ތެރޭގައި ، ވިހެއުމުގެ ކުރިން ނުވަތަ ވިހެއުމަށްފަހު ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން. - ބޮލަށް އަނިޔާވުން - މާބަނޑު ދުވަސްވަރު މަސްތުވާތަކެތީގެ ބޭނުންކުރުން. މިފަދަ ކުއްޖަކު ދެނެގަންނާނެގޮތް: - ހެދިބޮޑުވުމުގެ މަރުޙަލާތައް ލަސްވުން. - މާބޮޑަށް ހަލަނިވުން . - އުގެނުމަށް ދަތިވުން. - ބައެއްފަހަރު ފެނުމާއި އަޑުއިވުމުގެ ޙިއްސަށް އަސަރުކުރުން. - ފިޓްޖެހުން. - ހަށިގަޑު ސީދަލަށް ހިފެހެއްޓުމުގައި މައްސަލަ ދިމާވުން. - ތަދުވުމާއި، ފިނިކަން އަދި ހޫނުކަން އިޙްސާސްނުވުން. - ތިމާއާއި އެއްވަރުގެ ކުދިންނާއި ގުޅިގެން އުޅޭމިންވަރު ކުޑަވުން. - ހަނދާންބަލިވުން. - ކަންތައްތައް ކުރުމުގައި ދަތިވުމާއި ހެލިފެލިވެ އުޅުމަށް އުދަގުވެފައި މަދުވުން. - ކަންތައްތަކަށް ހުންނަ ޝަޢުޤުވެރިކަން ކުޑަވުން. އެޅިދާނެ ފިޔަވަޅުތައް: ސިކުނޑީގެ ނުކުޅެދުމަކީ މުޅިންފަސޭހަވާ ކަމެއްނޫނެވެ. އެހެނީ އެއީ ބައްޔެއްނޫނެވެ. ވީމާ ބޭހަކުންވެސް އަދި އޮޕްރޭޝަންކޮށްގެންވެސް އެކަން އެއްކޮށްރަގަޅެއް ނުކުރެވޭނެއެވެ. ނަމަވެސް އެފަދަކުދިންނަށް ދެވޭ ޚާއްޞައެހީތެރިކަމަކާއި ތަމްރިނުތަކަކުން އެކުދިންނަށް އުގަންނައިދެވިދާނެއެވެ. އަދި އެކުދިންގެ އަސާސީ ބޭނުންތައް ފުއްދައިގަނެވޭވަރު ކޮށްދެވެއެވެ. ޚާއްޞަކޮށް ޅަޢުމުރުގައި އެފަދަ ތަމްރިނުތަކެއް ދިނުން މުޙިއްމެވެ.


Contact us to Advertise
468 ad

Facebook comments:

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>