ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީއިން އަލަށް ފާސްކުރެއްވި ދެ ޤަވާއިދު

8 ޖެނުއަރީ 2011 ގައި މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީއިން ދެ ޤަވާއިދެއް ފާސްކުރެއްވިއެވެ.

  1. ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާއި، ނުކުޅެދުންތެރި މީހުންގެ ދަފުތަރު އެކުލަވާލުމާއި، ބެލެހެއްޓުމުގެ ޤަވާއިދު 2011/R-2 ()
  2. ނުކުޅެދުންތެރިކަން ހުންނަ މީހުން ޙައްޤުތައް ރައްކާތެރިކުރުމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤަވާއިދު 2011/R-3 ()

ކިޔުންތެރިންގެ ފަސޭހައަކަށް 2011/R-2 އަދި 2011/R-3 ދެ ޤަވާއިދު ކުރުކޮށްލާފައި ލިޔެލާނަމެވެ.

2011/R-2 ގައި އަޅުގަޑުމެންނަށް ޕްރައިވެސީ، ފޯމް އެޕްރޫވްކުރުން، އެލަވަންސް ދިނުން އަދި ދަފްތަރުން އުނިކުރުންފަދަ ކަންކަމުގައި މައްސަލަ ފާހަގަކުރެވުނެވެ. އަދި 2011/R-3 ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނާއި ފުށުއަރާ ކަންކަމާއި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ޤަވާއިދުގައި ފާހަގަކުރާކަންތައްތަކުގައި މައްސަލަ ހުރިކަން ފާހަގަވިއެވެ. މިކަންކަން ތަފްސީލުކޮށް ލިޔެވޭތޯ މަސައްކަތްކޮށްލާނަމެވެ.

 

[tooltip text="ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާއި، ނުކުޅެދުންތެރި މީހުންގެ ދަފުތަރު އެކުލަވާލުމާއި، ބެލެހެއްޓުމުގެ ޤަވާއިދު"] 8 ޖެނުއަރީ 2011 | 2011/R-2[/tooltip]

[learn_more caption="Privacy" state="open"] ޕްރައިވެސީ

1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު ބެލެހެއްޓުން: 9 ވަނަ މާއްދާގެ (ށ)ގައި "ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސާރވިސަސްގެ މުވައްޒަފުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވާ ފަރާތްތަކުން، ދަފްތަރުގައި ހިމެނޭ މަޢުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަށް އިޤުރާރެއްގައި ސޮއިކުރަންވާނެއެވެ." މިހެން ލިޔެފައިވެއެވެ. މިފަދަ އިޤުރާރެއްގައި އެއްވެސް މުވައްޒަފަކުލައްވާ ސޮއި ކުރެވިފައިވާކަމެއް އަޅުގަޑަކަށް ހިޔެއްނުވެއެވެ.

2. ދަފްތަރުގައި ހިމެނުމަށް ހުށަހަޅަންޖެހޭ މަޢުލޫމާތު: 5 ވަނަ މާއްދާގެ (ރ) ގައި "ދަފުތަރުގައި ހިމެނުމަށް ހޯދާ މަޢުލޫމާތުތަކާއި، ހުށަހަޅާ މަޢުލޫމާތުތަކަކީ ހުއްދަލިބިފައިވާ ފަރާތްތަކަކަށް މެނުވީ ނުފެންނާނެ ސިއްރު މަޢުލޫމާތުތަކެކެވެ." މިހެން ޤަވާއިދުގައި އޮއްވައި ފެބްރުއަރީ މަހު ހެލްތު މިނިސްޓްރީ ވެބްސައިޓްގައާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރުގައި ލިސްޓްގައި ހިމެނޭ ހުރިހާ މަޢުލޫމާތުތަކާއިއެކު އާއްމުކޮށް ޑައުންލޯޑް ކުރެވޭގޮތަށާއި ފެންނަ ގޮތަށް ބެހެއްޓިފައިވެއެވެ. އެ މަޢުލޫމާތު ތަކުގެ ތެރޭގައި އެމީހެއްގެ ހުރި ނުކުޅެދުންތެރިކަން ވެސް ހިމެނެއެވެ.

[/learn_more] [learn_more caption="Form Approval" state="open"] ފޯމު އެޕްރޫވް ކުރުން

1. ފޯމު ހުށަހެޅުން: 15 ގެ ކުރިން... ޖެންޑައިން އެޕްރޫވްކޮށް ރަޖިސްޓްރީ ކުރުން އަދި ލިސްޓު އެންސްޕާއަށް ފޮނުވުން... ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެންސްޕާއިން އެކައުންޓަށް އެލަވަންސް ޖަމާކޮށްދިނުން... މިކަންކަން ޤަވާއިދުގައިވާގޮތާ ކައިރިއަށްވެސް ހިގަމަކުން ނުދެއެވެ. އެތައްސަތޭކަ ފޯމު މިހާރުވެސް ޖަމާވެ ތޮއްޖެހެމުންދާކަން އަޅުގަޑުމެންނަށްއެގެއެވެ.

2. ފޯރމް އެޕްރޯވްކުރުން: 15 ގެ ކުރިން ހުރިހާ މައުލޫމާތު ފޯރކޮށްދިނުމުން އެ މަހުގައި ދަފްތަރުގައި ރަޖިސްޓްރީ ކުރެވި ޖެހިގެން އަންނަމަހުން ފެށިގެން އެލަވަންސް ދެވޭނެކަމަށް ލިޔެވިފައިވެއެވެ. އެކަމަކު

[/learn_more] [learn_more caption="Allowance" state="open"] އެލަވަންސް ދިނުން

1. އެލަވަންސް ދިނުން: މިބައިގައި އެމީހަކު ދަފްތަރުގައި ރަޖިސްޓްރީ ވި މަހުން ފެށިގެން އެލަވަންސް ދޭންޖެހޭނެ ކަމަށް. އަދި އެވެސް އެމީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ކަމަށް ބަޔާންވެގެންވެއެވެ. އެކަމަކު އެކަން ހިގަނީ އެހެނެއްނޫނެވެ. ފޮލޯ ކުރަނީ ޤަވާއިދުގައިވާ ގޮތެއްނޫނެވެ.

2. އަދި ލޯފަން މީހުންނަށް ދޭ އެލަވަންސް މިހާރުވެސް ލިބެމުންދެއެވެ. މިކަމަކީ ވަކި ނުކުޅެދުންތެރިކަމަކަށް ތަފާތުކުރުމެކެވެ.

[/learn_more] [learn_more caption="Removal from disAbility Registry" state="open"] ދަފްތަރުން އުނިކުރުން

1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުން އުނިކުރުން: 8 ވަނަ މާއްދާގައި ނުކުޅެދުންތެރިކަން ހުރި މީހެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަން ރަގަޅުވެއްޖެ ހާލަތެއްގައި އެކަން ނާންގާ ހުރުމަކީ ކޮންކަހަލަ ކަމެއްކަން މިޤަވާއިދުން އެގޭކަށް ނެތެވެ. އަދި އެމީހަކު ނިޔާވެއްޖެ ޙާލަތެއްގައިވެސް އެކަން ނޭންގިނަމަވެސް އެ ޒިންމާ ވާ ފަރާތަށް ކުރާނެ ކަމެއްވެސް ބަޔާންވެގެން ނުވެއެވެ.

[/learn_more]

 

[tooltip text="ނުކުޅެދުންތެރިކަން ހުންނަ މީހުން ޙައްޤުތައް ރައްކާތެރިކުރުމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤަވާއިދު"] 8 ޖެނުއަރީ 2011 | 2011/R-3[/tooltip]

[learn_more caption="Overlapping points" state="open"] ފުށުއަރާ ކަންކަން

1. މަޤުޞަދު: 2 ވަނަ މާއްދާގެ (އ) ގައި ސިޔާސަތުތަށް ކަޑައަޅައި "ދައުލަތުން ޒިންމާ އުފުލާތޯ ބެލުން". ޖެންޑަރ ޑިޕާޓްމަންޓް އަކީ ތަންފީޒީ އިދާރާ ނުވަތަ އިމްޕްލިމެންޓިން ބޮޑީއެކެވެ، ފާރަވެރި އިދާރާއަކީ ނުވަތަ މޮނިޓަރިން ބޮޑީއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްއެވެ. މިހެންވެ މި ޤަވާއިދުގެ މައްޗައް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ނަމްބަރ 2010/8 () ގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ކައުންސިލްގެ މަޤްޞަދާއި ފުށުއަރައެވެ.

[box type="warning"] ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ޙިމާޔަތްކުރާ ކައުންސިލް: 4. (ށ) "ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާގުޅޭގޮތުން އެކަށައަޅާ ސިޔާސަތުތައް ތަންފީޛުވަމުންދާ މިންވަރު ބަލައި، އެކަންކަން ހިންގުވުމެވެ."[/box]

[/learn_more] [learn_more caption="Healthcare Services" state="open"] ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ޤަވާއިދުގައި ފާހަގަކުރާ ކަންތައްތައް

1. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ޤަވާއިދުގައި ފާހަގަކުރާ ކަންތައްތައް: 8 ވަނަ މާއްދާގެ (ރ) ގައި ގާއިމުކުރަން ކަނޑައަޅާފައިވާ ޅަފަތުގައި ދެނެގަނެވޭނެ އަދި ވިހާކުދިންގެ ނުކުޅެދުންތެރިކަން ފާހަގަ ކުރެވޭނެ ނިޒާމްގެ ކަންކަން ކުރިޔަކަށްނުދެއެވެ. މިހެންވެ (ބ) ގައި ފާހަގަ ކުރެވިފައިވާގޮތަށް 2015 ވަނަ އަހަރުގެ ކުރިން އެކަން ތަންފީޒުކުރެވޭނެކަމަކަށް އަޅުގަޑުމެންނަކަށް ނުބެލެވެއެވެ.

[/learn_more]  

އަޅުގަޑުމެންފަދަ ބެލެނިވެރިންނަކީ މާބޮޑު ޤާނޫނީމާހިރުންނެއް ނޫނެވެ. ނަމަވެސް މިހިރަ ކަންކަމަކީ އާންމު ފަރުދުންނައްވެސް ލިބެންހުރި ލިޔުންތަކުން އެނގެންހުރި މަޢުލޫމާތެވެ. ސަރުކާރުގައި ކަންކަން ނިންމަވަން މިތިއްބެވި ބޭބޭފުޅުން އަޅުގަޑުމެން، ބަލަދުވެރިން/ބެލެނިވެރިންނަކީ ތަންދޮރު ނުދަންނަބައެއްކަމަށްދެކި މިކަހަކަ މުޙިންމު ޤަވާއިދުތައް ތާކުންތާކު ނުޖެހޭގޮތައް އަވަސްއަރުވާލާފައި ހެދުމަކީ ވަރަށްދެރަކަމެކެވެ.

 

 

[facebook] | [retweet] | [digg] | [stumble]  


Contact us to Advertise
468 ad

Facebook comments:

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>