ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ދޭ ފައިސާގެ އިނާޔަތަށް އެދި 4000 އަށް ވުރެ ގިނަ ފޯމް ލައިފި

ޚަބަރު:   ނުކުޅެދުންތެރިކަން ހުންނަ ފަރާތްކަށް ސަރުކާރުންދޭ ފައިސާގެ އިނާޔަތަށް އެދި މިހާތަނަށް 4000 އަށް ވުރެ ގިނަ ފަރާތުން ފޯމްލައިފި އެވެ. ހެލްތު މިނިސްޓްރީން އާންމު ކުރި ފެކްޓް ޝީޓެއްގައި ބުނަނީ އިނާޔަތުގެ ފައިސާއަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން މިހާތަނަށް 4288 ފަރަތާކުން ފޯމް ލާފައިވާ ކަމަށާއި އޭގެ ތެރެއިން 2318 ފޯމްގެ މައުލޫމާތު ބަލައި ޗެކްކޮށް އެ ފަރާތްތަކަށް ލިބެންޖެހޭ 2000ރ. ގެ އިނާޔަތް ދޫކުރަން އެންސްޕާއަށް ފޮނުވާފައިވާ ކަމަށެވެ. މީގެ އިތުރުން އެ ފޯމްތަކުގެ ތެރޭގައި ހިމެނޭ ނުޅެދުންތެރިކަން ހުރި މީހުންގެ ގޮތުގައި ބެލެވެން ނެތް 68 ފަރާތަކަށް އެކަން ރަސްމީކޮށް އަންގާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެފަރާތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ބަލާ މިންގަނޑަށް ނުފެތޭ ތެލަސީމިޔާ ބައްޔާއި ހިތުގެ ބައްޔާއި ހަކުރު ބަލިތައް ފަދަ ބަލިތަކުގެ މީހުން ވެސް ހިމެނެ އެވެ. މިނިސްޓްރީން ބުނީ މިހާރު ހުރި ފޯމްތަކުގެ ތެރެއިން އެންސްޕާއަށް ނުފޮނުވާ ހުރީ މެޑިކަލް ސެޓްފިކެޓާއި ބޭންކް އެކައުންޓާއި އައިޑީކާޑްފަދަ މުހިންމު ޑޮކިއުމެންޓްތަކުގެ ކޮޕީ ނުލިބުމުންނާއި ސިދާ މުއާމަލާތް ކުރާނެ ނަމްބަރެއް ނެތިގެން މަޑު ޖެހިފައިވާ ފޯމްތައް ކަމަށެވެ. "... މިނިސްޓްރިން މިގެންދަނީ ނުނިމި ހުރި ފޯމްތަކުގެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަސް ފުރުސަތެއްގައި އެ ފަރާތްތަކަށް ދޭންޖެހޭ އިނާޔަތް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ،" ނޫސްތަކަށް މީނިސްޓްރީން މިއަދު އާންމު ކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ވެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނެއް ފާސް ކުރީ މިދިއަ އަހަރު އެވެ. އެ ގާނޫނާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް ސަރުކާރުން ވަނީ ފުރަތަމަ ފަހަރަށް އެކުލަވައިލައިފަ އެވެ. ޓްރެކްބެކް: ސަން: ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ދޭ ފައިސާގެ އިނާޔަތަށް އެދި 4000 އަށް ވުރެ ގިނަ ފޯމް ލައިފި އަޕްޑޭޓް: މިއަދު،11/05/2011ގައި އެންސްޕާއަށް ގޮސްގެން ބެލިބެލުމުން މިއަދަދުތައް ދިމާނުވާކަންވަނީ ފާހަގަ ކުރެވިފައެވެ. ޖެންޑަރ ޑިޕާރޓްމަންޓްއިން 2318 ފޯމް އެންސްޕާއަށް ފޮނުވާފައިވާކަމަށް ބުނާއިރު، އޭގެ 2 ދުވަސް ފަހުން މިއަދު 11:00 އާއި ހަމައަށް އެންސްޕާއިން އެލަވަންސް ދޫކުރާކަމަށްވަނީ އެންމެ 1372 މީހުންނަށެވެ.


Contact us to Advertise
468 ad

Facebook comments:

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>